މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވެއްދުން

2022 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިންވެއްދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިންވައްދާ އުމުރުފުރާތައް ތިރީގައި މިވަނީއެވެ.                                 

 - ނާސަރީއަށް ވަދެވޭނީ 2022 އޯގަސްޓް 1 އަށް އުމުރުން 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

       - ބޭބީ ނާސަރީއަށް ވެއްދޭނީ 2022  އޯގަސްޓް 1 އަށް އުމުރުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.

               އެހެންނަމަވެސް 2022 އޯގަސްޓް 1 އާއި 2022 ޑިސެމްބަރ 31 އާ ދެމެދު، 2 އަހަރު ފުރޭ ކުދިންނަށް ސްކޫލަށް ވައްދަންއެދޭ ތާރީޚަށް ކުއްޖާއަށް 2 އަހަރު ފުރޭނަމަ ސްކޫލަށް ވައްދައިދެވޭނެއެވެ.

ވީމާ، 2022 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް  ފުރުއްވައި 30 ޖޫން 2022 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިޢިދާރާއިން ލިބެންހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

09 ޖޫން 2022
ހޯދާ