މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

ޢިއުލާން 

މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން 

މި އޮފީހުގައި ބާއުވެ ހަލާކުވަފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

 

ތަކެތީގެ ހާލަތު ބެލުން

ނީލަން ކިޔުން

ތާރީޙް:

21 ޖޫން 2022 ވާ އަންގާރަ ދުވަހު

22 ޖޫން 2022 ވާ ބުދަ ދުވަހު

ގަޑި:

10:00 – 11:00 ހެނދުނު

10:00 ހެނދުނު

ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ގްރީން ބިލްޑިންގ،  ހަނދުވަރީ ހިނގުން.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ގްރީން ބިލްޑިންގ،  ހަނދުވަރީ ހިނގުން.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް ހިއްޕަވައިގެން މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއި އެއްގޮތައް ގަޑިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ. 

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެއްޗާއި ހަވާލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.

  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

09 ޖޫން 2022
ހޯދާ