ދިވެހިރާއްޖެ
ނަންބަރު:2022/12 /(IUL)P2C
އިޢުލާން
މި ކޯޓުގައި ހުރި ބާ ތަކެތި ނީލަން ކިޔުމާއި ގުޅޭ
މިކޯޓުގައި ހުރި ބާ ތަކެތި ނީލަން ކިޔަން ބޭނުންވެ އެތަކެތި ނީލަން ކިޔުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 2022/12 /(IUL)P2C އިޢުލާނުގައިވާ ގޮތުގެމަތިން، 10 ޖޫން 2022 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި ތިރީގައި ދެންނެވިފައިއެވާ ތާރީޚުގައި އަލުން ނީލަން ކިޔޭނެއެވެ. މި ދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 24 ޖޫން 2022 ވާ ހުކުރު ދުވަހުގެ 16:00 ގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 6820031
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 22:00ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 25 ޖޫން 2022 ވަނަ ދުވަހުގެ 11:00ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.