ދިވެހިރާއްޖެ
އިޢުލާން
މިކޯޓުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްތައް ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
- އިނގިރޭސި ބަސް
- ބަނގުލަދޭޝް ބަސް
- އުރުދޫ ބަސް
- މަންމަން ބަހުރުވަ ނުވަތަ ސައިން ލެންގްއޭޖް
މި މަސައްކަތުގައި ތަރުޖަމާނު ހޭދަކުރާ ކޮންމެ ގަޑިއަކަށް -/300ރުފިޔާ ( ތިންސަތޭކަ ރުފިޔާ) މަގުން ހަމަޖެހިފައިވާ އުޞޫލުގެ މަތިން އުޖޫރަ ދެވޭނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ބަހުރުވަ ތަކުން ލިޔެފައިވާ ލިޔުންތަކާއި އަދި އެބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި އަދި ދިވެހިބަހުން ދައްކާ ވާހަކަ އާއި ލިޔެފައިވާ ލިޔުންތައް މަތީގައި ދެންނެވިފައިވާ ބަހުރުވަތަކަށް ތަރުޖަމާކުރުމުގެ ޤާބިލްކަން ހުރި، ތަރުޖަމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ އަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނަށް އިޖާބަދީ ކުރިމަތިލާ ފަރާތަކީ މަތީގައި ދެންނެވިފައިވާ ހުރިހާ ބަހަކުން ތަރުޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތަކަށް ވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް އެއްބަހަކުން ތަރުޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް މި އިޢުލާނަށް އިޖާބަ ދެވޭނެއެވެ.
15 ޛުލްޤައިދާ 1443
15 ޖޫން 2022