ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2022 ޖޫން 20 ވާ ހޯމަ ދުވަހުން ފެށިގެން 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

              ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކޮޅުމަޑުލު މަޑިފުށީ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ info@madifushi.gov.mv އަށެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާ އެކު އެޓޭޗްކޮށް ގެޒެޓްލުރެވިފައި ވާނެއެވެ. އަނގަބަހުންނާއި ފޯނުމެދުވެރިކޮށް ހުށަހަޅާ ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއި ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާންކުރާ އެންމެހާ ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ.

20 ޖޫން 2022
ހޯދާ