ދިވެހިރާއްޖެ
އިޢުލާން
ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް:
ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ މީޓިން ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ކުރިން r.dhuvaafaruhc@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. |
މައުލޫމާތު ދިނުން |
30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
04 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:30 ކުރިން r.dhuvaafaruhc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.