ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ - އައި.ސީ.ޓީ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް މެނޭޖަރ - ގްރޭޑް 5 |
މުސާރަ: |
މަހަކު 9250.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 4150.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 07 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
-ކޯޕަރޭޝަނުގެ ހުރިހާ ސަރވާތައް ބެލެހެއްޓުމާއި ބެކްއަޕްނެގުން. - އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ކޮންފިގަރޭޝަން ހެދުން. - ނެޓްވާރކް ފަޔަރވޯލްތައް ބެހެއްޓުމާއި އެތަކެތި ކޮންފިގާރ ކުރުން. - ކޯޕަރޭޝަނުގެ ސަރވާއާއި ކޯޕަރޭޝަނުގައ ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން. - ކޯޕަރޭޝަނުގެ ނެޓްވޯކް، ރަށްތަކުގެ އޮފީސް ސައިޓްތަކާއި ގުޅުވާލައި މައި އޮފީހުން މެނޭޖްކޮށް ބެލެހެއްޓުމާއި، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން. - ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް ރިސާރޗް ކުރުމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއިއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން. |
މަޤާމް: |
އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05 |
މުސާރަ: |
މަހަކު 5000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްދާ ކަން ކަށަވަރުކޮށް، ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރުން. - ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޟިރީއާއި ގުޅޭ އެންމެހާ ކަންކަންކުރުން - ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިވެލުއޭޝަން ފޯމުތަކާއި ގުޅޭ އެންމެހާ ކަންކަންކުރުން - ރޯޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓްގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތް ތާވަލުކޮށް ތައްޔާރުކުރުން -ޑިޕާޓުމެންޓުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަށް ތައްޔާރުކުރުމުގައި އެހީތެރިވުން - ޑިޕާޓްމެންޓްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން - ޑިޕާޓްމެންޓުން ފޮނުވަން ޖެހޭ ސިޓީ އަދި މިނޫންވެސް ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން - ސައިޓްތަކުގެ މަސައްކަތައް ކުރިއަށްދަނީ ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައްކަން ކަށަވަރުކުރުން |
މަޤާމް: |
އެސިސްޓެންޓް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05 |
މުސާރަ: |
މަހަކު 5000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެނަލިޓިކަލް އަދި ސްޓެޓިސްޓިކަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން. - ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން އަދި ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރުން. - ކޯޕަރޭޝަންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ އެންމެހާ ގޮތްތައް ހޯދުން. - ޑިޕާޓްމަންޓުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކާއި ޕްރޮޑަކްޓްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ހޯދުން. |
މަޤާމް: |
އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ |
ބޭނުންވާ އަދަދު: |
02 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 4000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: .001600 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮކިއުމެންޓް ޑިޕާޓްމަންޓުން ކޯޕަރޭޝަންގެ ސައިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމުން، އެތަކެތި ދޯނިފަހަރަށްލައި ބަރުކުރުން (މިކަމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމެންޓު ހެދުން). - ކޯޕަރޭޝަންގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން. - ކޯޕަރޭޝަންގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ޕްރިކާސްޓް އައިޓަމްތައް ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން. - ތިލަފުށިން މާލެއަށް ގެންނަ މުދާ އެޑްމިން ސްޓޯރ އާއި ގުޅިގެން މާލެ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުން - ލޮޖިސްޓިކް ނޯޓްތައް ބަލައިގަނެ ލޮޖިސްޓިކް ހަމަޖެއްސުން. |
މަޤާމް: |
އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05 |
މުސާރަ: |
މަހަކު -/5000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2000 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހާއި ސައިޓުތައް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސެކިއުރިޓީ ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސައިޓް /އޮފީހުގެ ސެކިއުރިޓީ އާއި ގުޅޭ އެންމެހާ ކަންކަން ކޮންމެ 1 ގަޑީ އިރަކުން ބެލެހެއްޓުން. އަދި އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވޭނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް ސުޕަވައިޒަރު އެންގުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ސުޕަވައިޒަރަށް ރިޕޯޓްކުރުން. - ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، ތަނުގައި އެފަދަ އެއްވެސް ކަމެއް ހިނގާކަމަށް ފާހަގަ ކުރެވޭނަމަ އެކަން ހުއްޓުވުމަށް ކަނޑަ އެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރުން. |
ސުންގަޑި: |
- މިވަޒީފާކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން / ޖުލައި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
23 ޛުލްޤައިދާ 1443