ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސްޓިމޭޓް އިންޖިނިއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން - މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭމީހަކު ކަމުގައިވުން |
މަޤާމްގެ މައްސޫލިއްޔަތު: |
- ރިޕެއަރކުރާ އަދި ބަންނަ އުޅަނދުގެ އިތުރުން ބޯޓްޔާރޑް މެދުވެރިކޮށް އެހެނިހެން ޕްރޮޖެކްޓްތަކަށް ބޭނުންވާ މެޓީރިއަލް ކުއެންޓިފައިކޮށް ލޮޖިސްޓިކް/ލޭބަރ ކޮސްޓް އެސްޓިމޭޓްކުރުން. - ހިންގޭ ޕްރޮޖެކްޓްތަކުގެ ޕްރޮފިޓަބިލިޓީ އެންޝުއަރކުރުމާއި އަދި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޢަދަދަށްވުރެ އިތުރު ނުވާނޭހެން އަދި މަދު ނުވާނެ ގޮތަށް މެޓީރިއަލް އަދި މޭން އަވަރ/މެޝިން އަވަރ އެސްޓިމޭޓް ހެދުން. - ތަފާތު ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ބޯޓްޔާރޑުން ކުރެވޭ މަސައްކަތްތަކުގެ ޑާޓާތައް ޕްރޮސެސްކޮށް އަދި ކޮމާޝަލް މަސައްކަތުގެ އިންވޮއިސް ރެއިސްކުރުން. - ކޮންމެ ޕްރޮޖެކްޓެއްގެ މަންތްލީ ރިޕޯރޓް ތައްޔާރުކުރުން. - ޕްރޮޖެކްޓްތަކަށް ބޭނުންވާ ޑައިގްރާމްތަކާއި، ލޭއައުޓްތައް ތައްޔާރުކުރުމާއި، ޕްރޮޖެޓްތަކަށް ބޭނުންވާ އެންމެހާ ލިޔެކިއުންތައް ހޯދުމާއި އަދި ވޯރކްފްލޯވ ތައްޔާރުކުރުން. - އުޅަނދެއް ބަނުމަށް ދޭ ކުރެހުމާއި އެއްގޮތަށް ހުރިހާ ވައްތަރެއްގެ ސްޓީލް ކުއެންޓިފައިކުރުން. - ހަވާލުވެފައިވާ މަސްޢޫލިއަޔަތުގެތެރޭގައި ހިމެނޭ ހުރިހާ ކުރެހުންތަކާއި އަދި އެންމެހާ ލިޔެކިޔުންތަކުގެ ރިކޯރޑްސް ބެލެހެއްޓުން. |
މަހު މުސާރަ: |
ދެފަރާތް އެއްބަސްވާ މުސާރަ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަޤާމް: |
ޖޫނިއަރ އިންޖިނިއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- މަސައްކަތާ ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން - މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން - މަގާމާއި ގުޅޭ ރިފްރެޝާ ކޯސްތައް ފުރިހަމަކޮށް ފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭމީހަކު ކަމުގައިވުން |
މަޤާމްގެ މައްސޫލިއްޔަތު: |
- އިންޖީން، ޖަނަރޭޓަރ، އަދި ބޭނުންކުރާ އާލާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. - ބޯޓުފަހަރު އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުން. - އިންޖީން، ޖަނަރޭޓަރ އޯވަހޯލްކޮށް ބެލެހެއްޓުން. - އިންޖީން، ޖަނަރޭޓަރ އަށް ބޭނުންވާ ސްޕެއާރ ލިސްޓް ތައްޔާރުކުރުން. - ކުރަންޖެހޭ މަސައްކަތްތަށް ރާވާ ތާވަލްކޮށް ހިންގުން |
މަހު މުސާރަ: |
ދެފަރާތް އެއްބަސްވާ މުސާރަ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަޤާމް: |
ވަޑި |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާޓްމަންޓް |
ބޭނުންވާ ޢަދަދު: |
02 |
ޝަރުތުތައް: |
- ވަޑާމުގެ މަސައްކަތް ދަންނަ މީހެއްކަމުގައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަހު މުސާރަ: |
,000/-14 ރ އާއ ި /-15،000 ރ ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަޤާމް: |
އޮފީސް އެސިސްޓަންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން |
މަޤާމްގެ މައްސޫލިއްޔަތު: |
- އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން - މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން - ޑިޕާޓްމަންޓް ފޮނުވަންޖެހޭ އަދި ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުން - ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން |
މަހު މުސާރަ: |
11،000ރ އާއި 12،000ރ ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ތިލަފުށި ބޯޓްޔާޑް |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަޤާމް: |
ސީނިއަރ ޑްރައިވަރ |
ޑިޕާޓްމަންޓް/ސެކްސަން: |
ލޮޖިސްޓިކްސް ޑިޕާޓްމަންޓް |
ބޭނުންވާ ޢަދަދު: |
03 |
ޝަރުތުތައް: |
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ޑީއޯ ކެޓަގަރީ ވެހިކަލަސް ދުއްވުމުގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން - 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަހު މުސާރަ: |
14,000/- ރ އާއ ި /-15،000 ރ ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ބައުޒަރ ސެކްސަން - ލޮޖިސްޓިކްސް ޑިޕާޓްމަންޓް |
ވަޒީފާގެ ބާވަތް: |
ދާއިމީ |
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސް 4 ވަނަ ފަންގިފިލާ އިންނެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.