ދިވެހިރާއްޖެ
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެމްއެފްއެމްސީ އިން ހިންގާ " EU Support for a Resilient Recovery of SME Tourism Industry in the Maldives" ޕްރޮޖެކްޓަށް ބިޒްނަސް ޕޮރޮސެސް ސްޕެޝަލިސްޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަޕްސީލް.
ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 17 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 1030 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން
9A، ހ. އޯކިޑް
،އަމީރުއަޙްމަދު މަގު،
ކ.މާލެ، 20095
އީމެއިލް: procurement@mfmc.mv