ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 01 |
މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 8-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަންގެ ޕޮލިސީއާއި އެއްގޮތަށް ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް ޑިޕާޓްމަންޓުގެ ވެރިންގެ މަޝްވަރާގެ މަތިން ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން. - ސައިޓްތަކަށް ބޭނުންވާ މެޓީރިއަލް އާއި އެހެނިހެން ތަކެތި މަސައްކަތަށް ދަތި ނުވާނެ ގޮތަށް ސައިޓްތަކަށް ގެންދިއުން. - ޕްރޮކިއުމަންޓުގެ ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން މެޓީރިލިއަލް ޕެޓީކޭޝް ފަދަ ތަކެއްޗަށް ރިކުއެސްޓް ތައްޔާރުކޮށް ސައިޓްތަކަށް ޑެލިވަރީ ކުރުވުން. - ސައިޓުގެ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ފެއްޓުމާއި މަސައްކަތް ފެށިގަޑިއާއި ނިންމި ގަޑި ކޮންމެ ދަންފަޅިއެއްގެ މަސައްކަތް ނިމުމުން ސުޕަވައިޒަރަށް ރިޕޯޓްކުރުން. އަދި ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ލޮގުކުރުން. - ދުވަހުގެ މަސައްކަތް ނިންމުމަށް ފަހު މެޝިންތަކާއި ހިފައި ގެންގުޅޭ އެހެނިހެން ތަކެތި ސާފުކޮށްފައި ހުރިކަން ޔަޤީންކުރުމާއި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓިފައި ހުރިތޯ ބެލުން. - ޕްރޮޑަކްޝަން ޑިޕާޓްމަންޓުން އެވަގުތު ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ޓާގެޓް ޙާސިލްކުރުމަށް ބާރުއަޅައި، ވަކި މުއްދަތެއް ކަނޑައޅާފައިވާނަމަ އެމުއްދަތަކަށް މަސައްކަތް ނިންމުމަށް ގަދައަޅައި މަސައްކަތްކުރުން. |
މަޤާމް: |
އެސިސްޓެންޓް ސެކްރެޓްރިއޭޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ – ގްރޭޑް 04 |
މުސާރަ: |
މަހަކު 4750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1900.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. ނުވަތަ - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަނުގެ މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމެއް ހަމަޖެއްސުން. - އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން. - އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން. - އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން. - އަހަރީ ރިޕޯޓް ޑިޕާޓްމެންޓްތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން. - އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޑިޕާޓްމެންޓްގެ އެހެނިހެން އިދާރީ މަސައްކަތްކުރުން. |
މަޤާމް: |
އެސިސްޓެންޓް ކާޕެންޓަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ – ގްރޭޑް 03 |
މުސާރަ: |
މަހަކު 4500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. - މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮފީހުގެ ބޭނުމަށް އެކި ރަށްރަށުގައި ހަދާ ކާސްޓިންގ ޔާޑު ފަދަ ތަންތަން ހެދުން. - މެޝިން ތަކުގެ ތައްގަނޑުތައް ( މައުލްޑް ) މަރާމާތު ކުރުން. - ދީފައިވާ ކުރެހުންތަކާއި އެއްގޮތްވާގޮތުގެ މަތިން މައުލްޑްތައް ހެދުމުގެ މަސައްކަތްކުރުން. - ކުރަހާފަ ހަވާލުކުރާ ތަންތަނަށް ބޭނުންވާ ބީ.އޯ. ކިއު. ހެދުމަށް ބޭނުންވާ މަޢުލޫމާތު ދިނުން. - މާލެ ސައިޓާއި އަދި މާލެ ސަރަހައްދުގައި ހިމެނޭ ކޯޕަރޭޝަންގެ އޮފީސް އިމާރާތްތަކުގެ އެންމެހައި މަރާމާތެއް ކުރުން (ކަރަންޓް، ފެންވައިރުކުރުން، ރޭނުން، މެޝިނަރީ ސަރވިސް ކުރުން). |
މަޤާމް: |
އެސިސްޓެންޓް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 01 |
މުސާރަ: |
މަހަކު 4000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1600.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 10 ނިންމާފައިވުން. - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެނަލިޓިކަލް އަދި ސްޓެޓިސްޓިކަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން. - ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން އަދި ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރުން. - ކޯޕަރޭޝަންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ އެންމެހާ ގޮތްތައް ދިރާސާކުރުން. - ޑިޕާޓްމަންޓުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކާއި ޕްރޮޑަކްޓްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ހޯދުން. |
މަޤާމް: |
އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 4000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1600ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިލަފުށި ސައިޓް ނުވަތަ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 10 ނިންމާފައިވުން - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޑަކްޝަން މަސައްކަތުގައި ގެންގުޅޭ މެޓީރިއަލްސް ބޭނުންކުރެވޭ ޢަދަދު ބެލުން. - ސުޕަވައިޒަރ ޙަވާލުކުރާ ޕްރޮޑަކްޝަން ޓާގެޓްތައް އެހެން މުވައްޒަފުންނާއި ގުޅިގެން ޙާސިލުކުރެވޭކަން ޔަޤީންކުރުން. - ޕްރޮޑަކްޝަން ރިޕޯޓްތައް ހެދުމުގައި އެހީތެރިވުން. - ޕްރޮޑަކްޝަން ކާސްޓިންގ މަސައްކަތްތަކުގައި ބައިވެރިވުން. |
މަޤާމް: |
މަސައްކަތު |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސްޓާފް - ގްރޭޑް 5 |
މުސާރަ: |
މަހަކު 3500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް ނުވަތަ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މި ކޯޕަރޭޝަންގެ މާލެ ސައިޓުގެ އެތެރެއާއި، ގޯތި ތެރެ ހިމެނޭ ސަރަޙައްދު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން - މާލެ ސައިޓުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. - މުވައްޒަފުން ބޭނުންކުރާ ސައިކޮޓަރި ސާފުކޮށް، ބެލެހެއްޓުން. - މީޓިންގތަކަށް ސައި ތައްޔާރުކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
01 ޛުލްޙިއްޖާ 1443