ދިވެހިރާއްޖެ
ރަށު ސްކޫލް ޕްލޭ ގްރައުންޑްގެ ހުޅަނގުން އޮތް ރުއްވަލުގައި ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވާ ދިއްގާ ގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
ނީލަން އޮންނަ ދުވަސް: |
50 ޖުލައި 2022 ( އަންގާރަ) |
ގަޑި |
ހެނދުނު : 11:00 ގައި |
ތަން : |
ސްކޫލް ޕްލޭގްރަންޑު ކައިރި |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރާނަމަ ނީލަން ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.
ނީލަމުން ގަސް ނަންގަވާ ފަރާތުން 3 ދުވަހުގެ ތެރޭގައި ގަސް، ބުޑާއެކު ނަގައި ގެންދަން ވާނެއެވެ. އަދި މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ކަނޑައެޅިފައިވާ ގޮތުގެ މަތިން ނައްތާލަން ވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.