މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕްރީސްކޫލް ޓީޗަރ އެއް ހޯދުން

މަޤާމް:

 ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ޅައިމަގު ޕްރީސްކޫލް / ށ.ޅައިމަގު

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

އުޖޫރަ

1-      ޕްރީސްކޫލް މުދައްރިސުން ތަމްރީން ކުރާ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން

މަސައްކަތްކުރާ ގަޑިއަކަށް64.80ރުފިޔާ

ސަރުކާރުގެ އުޞޫލުތަކާއެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސްކޫލުން ރާވާގޮތެއްގެ މަތިން ކްލާސްތަކަށް ގޮސް ދަރިވަރުންނަށް ކިޔަވައިދިނުން
  2. ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރުން
  3. މީގެ އިތުރުންވެސް ޕްރީސްކޫލުން ރާވާ ހިންގާ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ info@lhaimagu.gov.mv  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2022 އޯގަސްޓް 1 އާއި 2022 އޯގަސްޓް 7 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ info@lhaimagu.gov.mv   މެއިލް އެޑްރެހަށެވެ.

06 ޖުލައި 2022
ހޯދާ