ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

  1. ސްކޫލްގެ ފަސްޓް ފްލޯގައި ހުރި ސްޓާފްރޫމްގެ ޓީރޫމްގެ ސިންކުގެ ހޮޅިލައިން ބަދަލުކުރުމާއި ފެންހިންދާ ޖަންކްޝަން އެއް ހެދުމުގެ މަސައްކަތް

ސްކޫލްގެ ފަސްޓް ފްލޯގައި ހުރި ސްޓާފްރޫމްގެ ޓީރޫމްގެ ސިންކުގެ ހޮޅިލައިން ބަދަލުކުރުމާއި ފެންހިންދާ ޖަންކްޝަން އެއް ހެދުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2022 ޖުލައި 20ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އަގު ހުށަހެޅުމަށް މި ސްކޫލް އޮފީހަށް ދުރުވެދެއްވުން އެދެމެވެ.

އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

  • މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ
  • ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތަކަށް ޚާއްޞާ ސަމާލުކަމެއްދެއްވާ އެ ކަންކަމަށް ރިޢާޔަތްކޮށް އަގު ހުށައެޅުއްވުން
  • މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކޮށްފައި އޮތުން

 

ނޯޓް: އިޢުލާނާއި އެކުގައި މަސައްކަތްތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭފުޅުވާނަމަ 2022 ޖުލައި ވާ 19 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން admin@vilufusheeschool.edu.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް އެދި  މި ސުންގަޑީގެ ފަހުން ފޮނުއްވާ މެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. 

18 ޖުލައި 2022
ހޯދާ