ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ފަސްޓްފްލޯގެ ޓީ ރޫމްގެ ފާރުގައި ޓައިލްސް ޖެހުމާއި ގުރެނައިޓް ޝިޓްއަޅާ ސިންކް ހަރުކުރުމުގެ މަސައްކަތް

 

     ސްކޫލްގެ ސްކޫލްގެ ފަސްޓްފްލޯގެ ޓީ ރޫމްގެ ފާރުގައި ޓައިލްސް ޖެހުމާއި ގުރެނައިޓް ޝިޓްއަޅާ ސިންކް ހަރުކުރުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 20ވާ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި އަގު ހުށަހެޅުމަށް މި ސްކޫލް އޮފީހަށް ދުރުވެ ދެއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

  • މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތަކަށް ޚާއްޞާ ސަމާލުކަމެއްދެއްވާ އެ ކަންކަމަށް ރިޢާޔަތްކޮށް އަގު ހުށައެޅުއްވުން
  • މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކޮށްފައި އޮތުން

ނޯޓް: އިޢުލާނާއި އެކުގައި މަސައްކަތްތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭފުޅުވާނަމަ 2022 ޖުލައި ވާ 19 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން admin@vilufusheeschool.edu.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް އެދި  މި ސުންގަޑީގެ ފަހުން ފޮނުއްވާ މެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. 

18 ޖުލައި 2022
ހޯދާ