ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނައި އިސްލާހުތައް އާންމުކުރުމާއި، މި ގެނެވުނު އިސްލާހުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ލިބުނު ޝަކުވާއާއި މި މުއްދަތުގައި އިދާރީ ގޮތުން އިތުރަށް ބެލިބެލުމުން ފާހަގަކުރެވި ގެނެވުނު އިސްލާހުތައް އާންމުކުރީމެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2022 ޖުލައި 18 ވާ ހޯމަ ދުވަހުން ފެށިގެން 2022 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު އިސްލާޙުތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

              ވީމާ، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން " ކޮޅުމަޑުލު މަޑިފުށީ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް 'ގެނެވުނު އިލާހަށް' ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ info@madifushi.gov.mv އަށެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާ އެކު އެޓޭޗްކޮށް ގެޒެޓްލުރެވިފައި ވާނެއެވެ. އަނގަބަހުންނާއި ފޯނުމެދުވެރިކޮށް ހުށަހަޅާ ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއި ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާންކުރާ އެންމެހާ ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ.

18 ޖުލައި 2022
ހޯދާ