ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

      މިރަށު ސްކޫލް ޕްލޭ ގްރައުންޑްގެ ހުޅަނގުން އޮތް ރުއްވަލުގައި ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވާ ދިއްގާ ގަހުގެ ނީލަން  ކިޔުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)248-ESMSMS/248/2022/58 އިޢުލާނު ބާޠިލްކުރުމަށްފަހު، އަލުން އެގަހުގެ ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.  

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި

ނީލަން އޮންނަ ދުވަސް:

20 ޖުލައި 2022 ( ބުދަ )

ގަޑި

ހެނދުނު : 11:00 ގައި

ތަން :

ސްކޫލް ޕްލޭގްރަންޑު ކައިރި

     މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރާނަމަ ނީލަން ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

     ނީލަމުން ގަސް ނަންގަވާ ފަރާތުން 3 ދުވަހުގެ ތެރޭގައި ގަސް، ބުޑާއެކު ނަގައި ގެންދަން ވާނެއެވެ. އަދި މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ކަނޑައެޅިފައިވާ ގޮތުގެ މަތިން ނައްތާލަން ވާނެއެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޖުލައި 2022
ހޯދާ