ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ މަސްދޯނީގެ ބާރިފަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ ''ދުރުރާސްތާ3'' މަސްދޯނީގެ ބާރިފަށް ފައިބަރކޮށް ޖެލްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮގަސްޓް 2022  ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  info@madifushi.gov.mv އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6780034 ފޯނާ ގުޅުއްވާ ޔަޤީން ކުރައްވަން ވާނެއެވެ. މިގޮތުން ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ފޮނުވޭނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

                  މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 08 އޮގަސްޓް 2022  ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ބިޑް ހުޅުވުން  11 އޮގަސްޓް 2022 ބުރާސްފަތި ދުވަހު 11.00ގައި މި އިދާރާގައި އޮންނާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2022
ހޯދާ