ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ރިސެޕްޝަން އޭރިއާގެ ޕާޓްޝަން ޖެހުމާ ގުޅޭ

ރިސެޕްޝަން އޭރިއާގެ ޕާޓްޝަން ޖެހުމާ ގުޅޭ

 

       މިމަރުކަޒުގެ ރިސެޕްޝަން އޭރިއާގައި ޕާޓްޝަން ޖަހައި އޭސީ ކުރުމަށް ބޭނުންވެއެވެ.

       މިމަރުކަޒުގެ ނަންބަރު FMHC/2022/05 ( 17 ޖުލައި 2022) އިޢުލާނުން މައުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތެއް ޙާޟިރުވެފައި ނުވާތީ އަލުން އިއުލާން ކުރަމެވެ.

1. މަޢުލޫމާތު ސާފުކުރުން: 31 ޖުލައި 2022 ، އާދީއްތަ ދުވަހު 11:00 ށް

2. އަންދާސީ ހިސާބް ހުށަހެޅުން:  03 އޮގަސްޓް 2022 ، ބުދަ ދުވަހު 11:00 ގައި

 

         މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާނު ނަންބަރާއި އަންދާސީ ހިސާބުގެ ނަން " ރިސެޕްޝަން އޭރިއާގެ ޕާޓްޝަން ޖެހުމާ ގުޅޭ"  އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

21 ޖުލައި 2022
ހޯދާ