ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ޕްރީސްކޫލް ޓީޗަރ (ކޮންޓްރެކްޓް)

އޮފީސް / އިދާރާ

ސެކްޝަން

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ / މަޑިފުށި ޕްރީ ސްކޫލް

މުސާރަ:

-/4000ރ

އެލަވަންސް:

ރަމަޞާން މަހުގެ އިނާޔަތުގެ ގޮތުގައި-/3000ރ ލިބޭނެ

ބޭނުންވާ ޢަދަދު:

02 (އެކެއް)

  1. މަގާމުގެ ޝަރުތު:
  • ސާނަވީ ތަޢުލީމް ނިންމާފައިވުން

ނުވަތަ

  • ގްރޭޑް 07 ނިންމާ ކިޔަވައިދިނުމުގެ ރޮނގުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނޯޓް: ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10  ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި މަގާމުގެ ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތަޢުލީމާއި ތަޖުރިބާގެ ގޮތުން އަދި އިންޓަރވިއު އިން އެންމެ ގިނަ ޕޮއިންޓް ލިބޭ 1 ފަރާތެއް މަގާމަށް ހަމަޖެއްސޭނެއެވެ.

މަގާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް:  
  •  
    • ކިޔަވައިދިނުމުގެ އެންމެހާ ކަންތައްތަކާއި ޕްރީސްކޫލް/ނާރސަރީ ގައި ރާވާ ހިންގާ ތަފާތު ޕްރޮގްރާމްތައް ކައުންސިލުން އަންގާ ގޮތުގެމަތިން ހިންގުން.
    • ޕްރީސްކޫލް ކަންތައްތަކާބެހޭގޮތުން ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގައި ޒިންމާ ނަގައިގެން ބައިވެރިވުން. ހަމަހަމަ ގޮތެއްގައި ސްކޫލުގެ ހަރަކާތްތަކުގައި ހުރިހާ ކުދީންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުން.
    • ޕްރީސްކޫލް ދަރިވަރުންނާއިބެހޭ ލިޔެކިއުންތައް އަދި ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަކުރުން.
    • ކްލާހަކީ ކުދީންނަށް އަމިއްލައަށް އުގެނުމަށް ފަހި މާހައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވައިލުން).
    • މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާޞިލުވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
    • ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭން އަދި ކިޔަވައި ދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދީންނަށް އަމާޒުކޮށް).
    • ކުދީންގެ ތަޢުލީމް ކުރިއެރުން (ކުދީންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދީންގެ ހުނަރުތައް) ޤަޥާޢިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަޥާޢިދުން ބެލެނެވެރިންނަށް ފޯރުވައި ދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް)
    • ކުދީން ކްލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދީންގެ ބެލެނިވެރިން އެކުދީންނާއި ހަވާލުވަންދެން އެކުދީން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
    • ކިޔަވައި ދިނުމުގައި ބެލެނެވެރިންގެ އެހީތެރިކަން ހޯދުން. މުދައްރިސުން އަމިއްލައަށް އެމީހުންގެ ތަރައްޤީއަށް މަސައްކަތްކުރުން.
    • ތުއްތު ކުދީންގެ ކިބައިގައި ހުންނަ ތަފާތު ދަނެގެން ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަން އެކުދީންގެ ކިބައިގާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމާއި އަދި އެކުދީންގެ ވިސްނުން ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމާއެކު، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުގަންނައި ދިނުމާއި، އަދި ޕްރީސްކޫލް މުގައްރަރާއި އެއްގޮތަށް، ކުދީން ތަރުބިއްޔަތުކޮށް އުގަންނައިދީ، ޤައުމަށް ބޭނުންތެރި ތަފާތު ހުނަރުތައް ދަސްކޮށްދީ އުގެނި ގަތުމުގެ ޝަޢުޤުވެރިކަން ކުދީންގެ ކިބައިގާ އުފެއްދުން.
    • ޕްރީސްކޫލުގެ ބޭބީ ނަރސަރީ ކްލާހުންފެށިގެން ނިމޭކުދީންނަކީ ޕްރީ ސްކޫލް ނިމޭއިރު ރަނގަޅަށް ނަމާދުކުރަން ދަންނަ އަދި ބަލައިގެން އެކުދީންގެ ޢުމުރުފުރާގުޅޭގޮތުން ޤުރުއާން (ކުރުސޫރަތްތައް) ކިޔަވަން ދަންނަ ކުދި ބަޔަކަށް ހެދުން.
    • ޕްރީސްކޫލުން ނިމޭ ކޮންމެ ކުއްޖަކީ އެކުދީންގެ ޢުމުރު ފުރާއާއި ގުޅޭގޮތުން ލިޔަންކިޔަން ދަންނަކުއްޖަކަށް ހެދުން.
    • ތުއްތުކުދީން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމުގައި އާއި ޢިލްމާއި ހުނަރުތައް ދަސްކޮށްދިނުމުގައި އެކުދީންގެ މައިންބަފައިންނާއި ގުޅިގެން އޯގާތެރިކާމާއި އަޅާލުމާއެކު ސްކޫލު މާހައުލުން ކުދީންނަނަށް ލިބެންޖެހޭ އެންމެހާ އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިދިނުން.
    • ޕްރީސްކޫލުންދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކުރުމަށް، ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން.
    • ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވުން އަދި މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  1. ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން
  • ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމު އަދި ވަޒީފާ އާއި ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް (މަޤާމާއި ގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ).
  • މަސައްކަތުގެ ތަޖުރިބާ: ވަޒީފާ އާއި ގުޅުންހުރި ތަޖުރިބާ އަދި އެހެނިހެން ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަރވިއު / ޕްރެކްޓިކަލްސް ނުވަތަ ޕްރެޒެންޓޭޝަން.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2022 އޮގަސްޓް 08 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެން

  1. ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަރވިއު އަށް ވަޑައިގަންނަވާއިރު މިލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 ނަންބަރަށެވެ. އީ މެއިލް ކުރައްވާނީ info@madifushi.gov.mv  އަށެވެ.

 

 

 

 


 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެސް. އެސް 1  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޑިފުށީ ޕްލޭ ސްކޫލް، ތ.މަޑިފުށި

މުސާރަ:

-/3000 ރުފިޔާ

އެލަވަންސް:

ރަމަޞާން މަހުގެ އިނާޔާތުގެ ގޮތުގައި -/3000ރުފިޔާ ލިބޭނެއެވެ.

އެހެނިހެން އެލަވަންސް:

 

 -

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްލޭ ސްކޫލުގެ ގޯތިތެރެއާއި އިމާރާތް ފޮޅާ ސާފުކޮށް ކުނިއުކުން.
  2. ފާޚާނާތައް ދޮވެސާފު ކުރުން.
  3. ހަފްތާއަކު އެއްފަހަރު ފުރާޅުތައް ސާފުކުރުން
  4.  ޕްލޭ ސްކޫލަށް އެކިކަންކަމުގައި ގެންނަންޖެހޭ މީހުން އައުމަށް އެންގުން.
  5. ޕްލޭ ސްކޫލުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ފެންދީ ބެލެހެއްޓުން.
  6. ރަށުގެ އެކި އޮފީސްތަކަށާއި އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީ ފަދަ ތަކެތި ހަވާލުކުރުން.
  7. މީގެއިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި، އިދާރީބައިން އަންގަވާ ކަންތައްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 01 ގެ ސަނަދެއް ޙާސިލްކޮށްފައިވުން ނުވަތަ ގްރޭޑް 06 ނިންމާފައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ފޮނުވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހއްސާވާ ކުންފުންޏެއްގައި ވަޒިފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓް 08 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@madifushi.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު  ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

މި އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780034 އަށެވެ.

އީ-މެއިލް ކުރާނީ info@madifushi.gov.mv  އަށެވެ.

 

 

 

 

 

31 ޖުލައި 2022
ހޯދާ