ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިއޮތް ތިރީގައި މިދަންނަވާ ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
# |
ރަށް |
ފޯމް ނުވަތަ ބިޑުހުށަހެޅުމާއި ކެނޑުން |
01 |
ލ. ހޮޅުރަހާ |
11 އޮގަސްޓް 2022، ބުރާސްފަތި ދުވަހުގެ 13:00 |
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކުލި ބަޔާންކުރުމާއިއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވައިގެން 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800709،6800920 ފޯނާއި ގުޅުއްވުން އެދެމެވެ.