ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
(IUL)325-MS/325/2022/37 ނަމްބަރު:
އިޢުލާން
ކުނިނައްތާލުމާބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ރަށުގެ ކުނިމެނޭޖް ކުރުމާބެހޭ ޕްލޭންއާއެއްގޮތަށް މިކައުންސިލުން ކަނޑާއަޅާ އުޞޫލެއްގެ މަތިން ތިރީގައިމިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1 – ރަށުގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުން .
2 – ރަށުގެ ގޭގޭގައާއި ، އިޤްތިޞާދީ މަސައްކަތް ކުރާ ތަންނަނާއި ، މުއައްސަސާ ތަކުގައި އުފެދޭކުނި ،ކުނިކޮށްޓަށް ގެންގޮސް ނައްތާލުން .
3 – އިޖްތިމާޢީ ސަރަޙައްދުގައި ބެހެއްޓިފައި ހުންނަ ޑަސްބިންތައް ނެގުމާއި ، ސާފުކުރުން .
3 – ކުނިކޮށި ސާފުކޮށް ބެލެހެއްޓުމާއި ، ނައްތާނުލެވޭކުނި ރަށުންބޭރުކުރުމުގައި ވެމްކޯއާއިގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިވުން .
ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 0222 ވާ ބުދަ ދުވަހު 1.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 17 އޮގަސްޓް 2022 ވާބުދަ ދުވަހުގެ 1.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ގޮއިދޫ ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.އަދި ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން ދޫކުރާ ވިޔަފާރި ހުއްދައެއް ނެތް ފަރާތަކަށްވެސް އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ. މިމަސައްކަތާގުޅޭ އެއްވެސް ބައްދަލުވުމަކަށް ކޮންޓްރެކްޓަރގެ ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި އަންނަމީހެއްކަން އެގޭނޭ ލިޔުމެއް އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
100% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocarted percentage |
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ އާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ .
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް .
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
ފެކްސް ނަމްބަރ : 5 660000
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.