ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އީ.އާރ.ޕީ ސިސްޓަމް އިން ޕާރޗޭސް ރިކުއެސްޓް ހެދުމާއި އޭގެ ފޮލޯއަޕް ހެދުން. - ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި ބޭނުން ކުރެވޭ މިންވަރު ބަލައި، އީ.އާރ.ޕީ ސިސްޓަމަށް އަޕްޑޭޓްކުރުން. - ޕްރޮޖެކްޓް ހިނގަމުންދާއިރު އަމަލީ ގޮތުން ހަވާލުކުރެވޭ މަސައްކަތް ނިންމައި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން . - ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެންމެހާ އިދާރީ މަސައްކަތުގައި އެހީތެރިވެދިނުން. - މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން. - ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުން. - ޑިޕާޓްމަންޓުން އީ.އާރ.ޕީ ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. - ޑިޕާރޓްމަންޓުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން. - ޑިޕާރޓްމަންޓުގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހާއި މަޢުލޫމާތުތަކާއި ރެކޯޑުތަށް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ތައްޔާރުކޮށް ފޮނުވުން. - ޑިޕާރޓްމަންޓަށް ލިބޭ ސިޓީ، ނޯޓް އާއި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތަށް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ޑިޕާރޓްމަންޓުގައި ކުރަން ޖެހޭ އެންމެހާ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް jobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮގަސްޓް މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
06 މުޙައްރަމް 1444