މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ މަސްޖިދުއް ޛިކުރާއިން ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިއުން

މިރަށު މަސްޖިޖުއް ޛިކްރާ އިން ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަންކިއުމަށް ކޮށްފައިވާ ނަމްބަރު:(IUL)332-ADHR/332/2022/66 (09.08.2022) އިޢުލާން ބާޠިލުކޮށް 02 (ދެވަނަ) ފަހަރަށް އަލުން އިޢުލާނު ކުރަމެވެ.

 ނީލަން ކިއުން އޮންނާނީ 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި މަސްޖިދުއް ޛިކްރާގެ ގޯތިތެރޭގައެވެ.

ނީލަންކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

ލޮޓު ނަމްބަރު

މުދާ

ރޭޓް

ޢަދަދު

ނީލަންކިޔަން ފެށޭ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

01

ކުނާ           

1.00

10

10.00ރ

1.00ރ

02

ޕޯސްޓަރު

5.00

1

5.00ރ

1.00ރ

03

ބުރެކެޓް 

10.00

1

10.00ރ

1.00ރ

04

ފޫޓުގެ ކޭބަލް ކޮޅެއް

5.00

1

5.00ރ

1.00ރ

05

ލޯޑު ސްޕީކަރ

5.00

2

10.00ރ

1.00ރ

06

ފަންކާ ފާރުގަ ހަރުކުރާ

10.00

1

10.00ރ

1.00ރ

07

ފަންކާ ތަނބުގަ ހަރުކުރާ

10.00

1

10.00ރ

1.00ރ

08

އިސްކުރު އެސްއެސް

1.00

16

16.0ރ

1.00ރ

09

ތާކިހާ ބޮލުގައަޅާ

0.50

30

15.00ރ

1.00ރ

10

ކަވަރު ވޯޓާޕްރޫފް   (ބޮކީގެ ކަވަރު)

2.00

5

10.00ރ

1.00ރ

11

މިކްސަރ  (ހަލާކުވެފަ)

1.00

1

1.00ރ

1.00ރ

12

މައިކް  (ހަލާކުވެފަ)

1.00

1

1.00ރ

1.00ރ

13

ފަންކާ ސީލިންގް

10.00

1

1.00ރ

1.00ރ

14

ފައިކަށި ޗާންދަލިޔާއިން ނެއްޓިފައޮތް

1.00

5

5.00ރ

1.00ރ

15

ފޮތްގޮނޑި

2.00

7

14.00ރ

1.00ރ

16

ފޮޓޯ ފްރޭމް

3.00

1

3.00ރ

1.00ރ

17

ފިލްޓަރު ވެކިއުމް ކްލީނަރގެ

1.00

2

2.00ރ

1.00ރ

18

ގުލޯބު

2.00

7

14.00ރ

1.00ރ

19

ގަޑި ފާރުގަ އަޅުވާ (ކެސީއޯ)

5.00

1

5.00ރ

1.00ރ

20

ބާލިދީ 4 ލިޓަރގެ

4.00

1

4.00ރ

1.00ރ

21

ގޮނޑި  (ދަގަނޑު)

10.00

2

20.00ރ

1.00ރ

22

ވެކިއުމް ކްލީނަރ

1.00

3

3.00ރ

1.00ރ

 

ނީލަން ކިއުމުގެ އުސޫލު

 

  • ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަމްބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަމްބަރު ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް 2 ނުވަތަ 1 ބައވެރިންގެ ޙާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ފުރަތަމަ ނީލަންކިޔަން ފެށޭނީ މަތީގައިވާ ތާވަލުގައިވާ ބައިތަކުގެ (ލޮޓު) ނަމްބަރު ވަކިންނެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަންފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ އަގުންނެވެ.
  • ބައިތައް (ލޮޓު) ނީލަންކިއުމަށްފަހު ނީލަން ކާމިޔާބު ކޮށްފައިނުވާ ބައިތަކުގެ (ލޮޓު) ތެރެއިން އެއްބައެއްގައި (ލޮޓު) ތަކެތީގެ އަދަދު 1 ވުރެ ގިނަނަމަ މިތަކެތި ވަކިން ނީލަންކިޔަން ފެށޭނެއެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަން ފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ ރޭޓެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތަށް، ނީލަމުގައި ބައިވެރިވާ ފަރާތްކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިއަކު އަގެއް ހުށަހަޅާ، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.
  • ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ޙާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބުކުރި ފަރާތަށް "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލު ކުރެވޭނެއެވެ.  
  • ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާސް ކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދައު ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކާ ޚަލާސް ކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ އެމުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.

ވީމާ، މިކަން އަންގަން އިޢުލާނު ކުރީމެވެ.

15 އޮގަސްޓް 2022
ހޯދާ