އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫގައި އަޅަމުންދާ އައު ކައުންސިލްގެ އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                      އިޢުލާން

                     އަރިއަތޮޅު އުތުރުބުރީ ފެރިދޫގައި އަޅަމުންދާ އައު ކައުންސިލްގެ އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުން ފެށިގެން 2022 އޮގަސްޓް 23 ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން info@feridhoo.gov.mv އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުންނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ސައިޓް ވިޒިޓިންގ އޮންނާނީ 2022 އޮގަސްޓް 24 ވާ ބުދަ ދުވަހުގެ 9:30 ގައި އއ.ފެރިދޫ ކައުންސިލްގެ އައު އިމާރާތް އަޅަމުންދާ ސަރަހައްދުގައެވެ. ސައިޓް ވިޒިޓިންގ ބޭއްވުމުގެ މަޤްސަދަކީ މިއީ ކުރިން އެއްބައި މަސައްކަތް ކުރެވިފައިވާ މަސައްކަތަކަށްވާތީ މަސައްކަތާއި ގުޅޭގޮތުން ކޮންޓްރެކްޓަރުން ސާފުކުރައްވަން އިތުރު މައުލޫމާތެއް ވާނަމަ ސާފުކޮށްދިނުމެވެ. ސައިޓްވިޒިޓިންއަށް ވަޑައިގަތުމަކީ އިޙްތިޔާރީ ކަމެކެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2022 އޮގަސްޓް 23 ވާ  އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން info@feridhoo.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                    18 މުޙައްރަމް  1444

16 އޮގަސްޓް 2022
ހޯދާ