ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ލީގަލް އޮފިސަރ

ރޭންކް:

MS2/B

ސެކްޝަން/ޑިޕާޓްމަންޓް

ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން

ބޭނުންވާ އަދަދު:

1

ތަޢްލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

- ރައްޔިތުންގެ މަޖިލީހަށް ހުށެހެޅޭ ބިލްތަކާއި މައްސަލަތަކާއި، އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ކޮމިޓީތަކުގެ އެންމެހާ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން އަދި މި ނޫންވެސް ސެކްޝަން/މަޖިލީހުގެ އިދާރާގައި ކުރުމަށް ޙަވާލުކުރެވޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން .

- އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.

- ކޮމިޓީތަކުން ދިރާސާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިން އެ ބިލަކާ ގުޅޭގޮތުން ފާޅުކުރެވޭ ޚިޔާލުތައް މަޢުލޫމާތު ކަރުދާހުގެ ގޮތުގައި ތައްޔާރުކޮށް އެ ކަރުދާސް ކޮމިޓީއަށް ގެންދިއުން.

- ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެކޮމިޓީއެއްގެ ބައްދަލުވުމެއް އޮންނާނެވާހަކަ މެންބަރުންނަށް؛ އެސް.އެމް.އެސް އިން ދެންނެވުން އަދި އެކޮމިޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާތޯ ބެއްލެވުމަށް ފޯނުން ގުޅުން.

- ބިލު ނުވަތަ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން.

- މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ޑްރާފްޓްކުރުން.

- ކޮމިޓީގެ ބައްދަލުވުމުގައި އިދާރީގޮތުން އެހީތެރިވުން.

- ކޮމިޓީގެ ބައްދަލުވުން ނިމުމުން އެބައްދަލުވުމެއްގެ ޚުލާޞާ ތައްޔާރުކުރުން.

- ކޮމިޓީގެ ބައްދަލުވުން؛ ކޯރަމް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެވާހަކަ އެސް.އެމް.އެސް އިން ނުވަތަ ފޯނުން ގުޅައިގެން މެންބަރުންނަށް ދެންނެވުން.

- މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ އެކިއެކި ފަންނީ މަސައްކަތްކުރުން.

- މަޖިލީހުގެ ކޮމިޓީތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތް ރާވައި، ހިންގައި ވިލަރެސްކުރުން.

- ކޮމިޓީން ބިލު ދިރާސާކޮށް ފުރިހަމަކުރެއްވުމުން، އެބިލަކާގުޅޭގޮތުން މަޖިލީހަށް ހުށަހެޅޭ ރިޕޯޓާއެކު ފޮނުވުމަށްޓަކައި އެބިލެއް ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.

- ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރެއްވި ބިލާއި، އެބިލު ނިންމެވިގޮތުގެ ރިޕޯޓާއި، އެބިލެއް ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު އަދި އެބިލު އިޞްލާޙުކުރެއްވިގޮތުގެ ތާވަލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓޭބަލް އޮފީހާ ހަވާލުކުރުން.

- ކޮމިޓީތަކުގެ ލިޔެކިޔުންތައް ފައިލް ކުރުން.

- ކޮމިޓީތަކާ ގުޅޭގޮތުން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކުރުން.

އުޖޫރަ:

- މަހަކު -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   21 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 31 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން hr@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް

https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

21 އޮގަސްޓް 2022
ހޯދާ