މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން 

މި އޮފީހުގައި ބާއުވެ ހަލާކުވަފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔުން

30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހު

10:00 ހެނދުނު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެ ކޮޕީއެއް ހިއްޕަވައިގެން މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއި އެއްގޮތައް ގަޑިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ. 

 

ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެއްޗާއި ހަވާލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.

  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

26 މުޙައްރަމު 1444

24 އޮގަސްޓް 2022

25 އޮގަސްޓް 2022
ހޯދާ