ދިވެހިރާއްޖެ
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓް ނަންބަރު:H12C-A/2022/05
މާފުށި، ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މި ކޯޓުގެ އިއުލާން ނަންބަރު H12C-A/2022/4 އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިކޯޓުގެ ފާޚާނާގެ ފެންދާ ނިޒާމް އަށް ގަސްތަކުގެ މޫ ވަދެ ފާޚާނާގައި ފެން ހަރުލާތީފެންދާ ނިޒާމް ރަނގަޅުކުރުމަށް
- ކޯޓުގެ ބޭރުގައި ހުރި ގަސްތަކަށް ފެންދިނުމަށް ބޭނުންކުރާ އިސްކުރުތަކަށް ވަޅުފެން ގުޅުމަށް ހޮޅިއަޅައި ދިނުން
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފަރާތްތަކުން 04 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން k.maafushi@judiciary.gov.mv އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 05 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
01 ޞަފަރު 1444
28 އޮގަސްޓް 2022