އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް (ދެވަނަ އިޢުލާނު)

ޢިއުލާން

                  އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން 2022 އޮގަސްޓް 22 ގައި ކުރި އިޢުލާނު ނަންބަރު  A/IUL/344/2022/54 އަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 އޮގަސްޓް 28 ވާ އާދީއްތަ ދުވަހުން ފެށިގެން 2022 އޮގަސްޓް 31  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން info@feridhoo.gov.mv އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ސެޕްޓެމްބަރު 05 ވާ ހޯމަ ދުވަހުގެ ހެނދުނު  10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 އޮގަސްޓް 31 ވާ ބުދަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން info@feridhoo.gov.mv އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 އޮގަސްޓް 2022
ހޯދާ