ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގަންނަވާ މުވައްޒަފުނާއި ހޮސްޕިޓަލަށް ބޭނުންވާ އެހެނިހެން މަސައްކަތްތަކަށް ވަޑައިގަންނަވާ ބޭފުޅުން ބޭތިއްބުމަށްޓަކައި 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް އެޕާޓްމެންޓެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ދެންނެވި އެޕާރޓްމަންޓު ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 5 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުން ފެށިގެން 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން tender@krh.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- · އަންދާސީ ހިސާބު ހުށަހެޅުން
- 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމުގައި
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޯމު އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި މިކަމާގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން tender@krh.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިވާނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.