ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

      މަޤާމުގެ ނަން:

 އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ޖެނެރަލް އެޑްމިނިސްޓްރޭޝަން - އެޑްމިނިސްޓްރޭޓިވް އެފެއަރޒް ޑިޕާޓްމަންޓް

ކްލެސިފިކޭޝަން

 އެސިސްޓެންޓް އޮފިސަރ / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

1-   މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 

 

2-   މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

 

3-   މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޖުރިބާއަށް ލިބޭ މާކްސް ވަޒަންކުރުމުގައި ހަމައެކަނި ބަލާނީ، ސަރުކާރު އޮފީސްތަކުގެ ހަރުމުދާ ބެލެއްހެއްޓުމުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ހިމެނޭގޮތަށް ލިބިފައިވާ ތަޖުރިބާއަށެވެ.

 

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަރުމުދަލުގެ އިންވެންޓްރީ މޮނިޓަރކޮށް ބެލެހެއްޓުމަށް ޙަވާލުވެ ހުންނަ ސީނިއަރ އޮފިސަރެއްގެ ލަފައާއި އިރުޝާދުގެ ދަށުން، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓެމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން،
  • ސެކްޝަން/ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ހަވާލު ކުރެވޭ ސެކްޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އަދި މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ތަރައްޤީކޮށް ހިންގުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން، 

އުޖޫރަ:

- މަހަކު  -/6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   06 ސެޕްޓެންބަރު 2022 އިން 19 ސެޕްޓެންބަރު 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 19 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން hr@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)
05 ސެޕްޓެންބަރު 2022
ހޯދާ