ދިވެހިރާއްޖެ
މިއިދާރާގައި އިމަރޖެންސީކޮށް ބޭނުންކުރުމަށް ހޯދާފައިވާ މޮޑެލް ނަންބަރ GBL42 “" ޑޮއިސްޓް ގެ ޖަނަރޭޓަރ ސިޓީލާއި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންފެށޭ އަގަކީ -/20،000ރ (ވިހިހާސް ރުފިޔާ) އެވެ. ހުށަހަޅާއަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްކުން ކޮންމެ ދުވަހަކު 12.00އާ ހަމައަށް ހުށަހަޅާ އެންމެ މަތީއަގު އެދުވަހެއްގެ 13.30 ގައި މިއިދާރާގެ ވެބްސައިޓް www.shavuyani.gov.mv އިންނާއި، ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ޖަނަރޭޓަރައީބެހޭ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޖަނަރޭޓަރގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9911113 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ނީލަމުން ނަންގަވާ ޖަނަރޭޓަރ ދޫކުރެވޭނީ މިއިދާރާއަށް ފައިސާ ދެއްކެވުމުންނެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން ނީލަން ނިމޭތާ ލަސްވެގެން 07 ދުވަހުގެ ތެރޭގައި މިއިދާރައަށް ފައިސާ ދައްކަވައި ޖަނަރޭޓަރާއި ޙަވާލުވުމުގެ އިންތިޒާމް ހަމަޖައްސަވަން ވާނެއެވެ.
ވީމާ،މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތިދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހަޅުއްވަމުން ގެންދެވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ NL-04 ފޯމުން، އީމެއިލް info@shaviyani.gov.mv އަށް މެއިލް މެދުވެރިކޮށެވެ. ނީލަން ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބޭނެއެވެ