ދިވެހިރާއްޖެ
މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ ލޯންޗުގެ ހަލް، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ފެށޭނީ 13 ސެޕްޓެމްބަރ 2022 ގައެވެ. އަދި މި ލޯންޗުގެ ހަލް އޮންނާނީ އެމްޓީސީސީ ސައިޓް (ކ.ތިލަފުށި) ގައެވެ.
އުޅަނދާއި ބެހޭ މަޢުލޫމާތު
ނީލަން ނަންބަރު |
އުޅަނދުގެ ނަން |
އުޅަނދުގެ ބާވަތް |
އޮތްތަން |
ނީލަން ފެށޭއަގު |
މަދުވެގެން އިތުރު ކުރެވޭނެވަރު |
S-03/2022 |
UNIYA SPEED BOAT (HULL ONLY) |
އެލުމިނިއަމް |
އެމްޓީސީސީ ސައިޓް (ކ.ތިލަފުށި) |
695،000.00 ރ |
12،000 ރ |
އުޅަނދުގެ ހާލަތު ބެލުން
- ލޯންޗުގެ ހަލްގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.
- މި ހަލް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެމްޓީސީސީ ސައިޓް (ކ.ތިލަފުށި) އަށް ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން
ނީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ޑިޕޮސިޓްގެ ގޮތުގައި 50،000.00ރ ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނީ އޮންލައިން އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. ޑިޕޮސިޓް ފައިސާ ޓްރާންސްފަރ ކުރާނެ އެކައުންޓް ނަންބަރ އަކީ 7701100668003 އެވެ.
ނީލަން ކުރިއަށްދާނެ ގޮތް
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކުން އަގުހުށަހަޅަން ވާނީ އެމްޓީސީސީ ސޯމިލް ގައި ބަހައްޓާފައިވާ ފޮއްޓަށެވެ.
ކޮންމެ ދުވަހެއްގައި އެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ މެންދުރު 12:00 ގައި މިކުންފުނީގެ ނޯޓިސްބޯޑްގައި ޝާއިއުކުރެވޭނެއެވެ.
ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 2 ދުވަސް ވޭތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިމޭނެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން
ނީލަން ކާމިޔާބުކުރާ ފަރާތުން އުޅަނދުގެއަގު ދައްކާ ހަލާސްކުރާނީ ޑިޕޮސިޓް ފައިސާ އުނިކުރުމަށްފަހުއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން 24 ގަޑިއިރު ތެރޭގައި ފައިސާ ނުދެއްކައިފިނަމަ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ އަނބުރާ ރައްދުކޮށް ނުދެވޭނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުވި ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.
ނީލަން ކާމިޔާބުވި ފަރާތުން ނީލަން ނިމޭތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށްފަހު ގިނަވެގެން 2 (ދެ) ދުވަސްތެރޭގައި ނީލަމުގައި ބައްލަވައިގަތް ތެކެއްޗާއި ހަވާލުވެ ގެންދަންވާނެ އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ނީލަމުގައި ބައްލަވައިގަތް ތަކެތި ނުގެންގޮސްފިނަމަ، އަލުން ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޙްތިޔާރު އެމްޓީސީސީ އަށް ލިބިގެންވެއެވެ.
އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 1650 ފޯނާ ގުޅުއްވުން އެދެމެވެ.