ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ – ހިއުމަން ރިސޯސް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް މެނޭޖަރ - ގްރޭޑް 03 |
މުސާރަ: |
މަހަކު 8750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 3500.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުވުން. - ވަޒީފާ ދޭ މުވައްޒަފުންނާއި ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅޭކަން ޔަޤީންކުރުން. - ކޯޕަރޭޝަންގެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ އެންމެހައި ކަންކަން ކުރުން – މިގޮތުން އިޢުލާނުކޮށް ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަރވިއުކޮށް ކޯޕަރޭޝަންގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ވަޒީފާއަކަށް އެންމެ ޤާބިލު ފަރާތެއް ހޯދާއި އެފަދަ މުވައްޒަފުން ވަޒީފާއަށް ނެރުމުގެ އެންމެހާ މަސައްކަތް ކުރުމުގައި އެހީތެރިވުމާއެކު ވިލަރެސްކުރުން. - ވަޒީފާގެ ބަޔާން ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފުން ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓްތައް ކަމާބެހޭ ފަރާތްތަކާއި ޙަވާލުކޮށް އެ ލިޔުންތައް ފައިލުކޮށް ބެލަހައްޓަމުންދޭ ތޯ ވިލަރެސްކުރުން. - މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބަލަހައްޓާކަން ޔަޤީންކުރުން. - ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުމުގައި އެހީތެރިވުން. - ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 18 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
16 ޞަފަރް 1444