ދިވެހިރާއްޖެ
މި އިޢުލާންވަނީ 10 ޑިސެންބަރު 2023 11:26 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.
މަޤާމުގެ ޝަރުޠުތައް:
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހިރައްޔިތަކަށްވުން؛
- ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން؛
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
- ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
- އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކަށްވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން އަންނަނިވި ކަންކަމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
- މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތުތަކުގައި، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެމަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުން.
- މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކުރުން.
- މަޖިލީހުގެ އިމްތިޔާޒާގުޅޭ އުސޫލުތައް ތަންފީޒުކުރުމުގައި ދިމާވާ ކަންކަން ފާހަގަކޮށް، ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން. އަދި އޭނާގެ މުވައްޒަފުންގެ ޢަމަލުތަކާ ގުޅޭގޮތުން ޢާންމު ކޮމިޓީއަށް ޖަވާބުދާރީވުން.
- މަޖިލީހުގެ ގެލެރީތަކަށް މީހުން ވަންނަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ގެލެރީތަކުން ނެރެންޖެހޭ މީހުން ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ޒިންމާ އުފުލުން.
- މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން.
- މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ޚިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން.
މަޤާމަށް ޢައްޔަންކުރުން:
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުންގެ ނަންތައް، މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މާއްދާގެ ދަށުން، އެ މަޤާމަށް ޢައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވާ މީހެކެވެ.
އަސާސީ މުސާރަ: -/32000 (ތިރީސް ދެހާސް) ރުފިޔާ
އެލަވަންސް/ޢިނާޔަތް:
ލިވިންގ އެލަވަންސް: -/4000 (ހަތަރުހާސް) ރުފިޔާ
ފޯނު އެލަވަންސް: -/1000 (އެއްހާސް) ރުފިޔާ
ޕާލިމަންޓަރީ ސަރވިސް އެލަވަންސް: -/6400 (ހަހާސް ހަތަރުސަތޭކަ) ރުފިޔާ
ވީމާ، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު (ލިޔުމުން)، 28 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.