މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެލިވަރު ،ކޫއްޑޫ ބާ ދަގަނޑު އަދި ކަޅުތެޔޮ ނީލަން ކިޔުން

މި އިޢުލާންވަނީ 14 ސެޕްޓެންބަރު 2022 09:04 ގައި ބާތިލް ކުރެވިފައެވެ.


 

 

 

 

  No: 134-PRO/I/2022/68

އިޢުލާން 

 

  1. ޓީއެފްއެސް ސްކްރެޕް އަދި ޖަންކް ސްކްރެޕް ނީލަމުގައި ވިއްކާލުން

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 100 މެޓްރިކްޓަންގެ ޓީ.އެފް.އެސް. ސްކްރޭޕް އަދި 20 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް 7942775 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

          ނީލަން ކުރިއަށް ގެންދާނީ މިފްކޯއިން ކަނޑައަޅާ ތަނަކަށް ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ހާޒިރުވެގެންނެވެ. މިގޮތުން، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން މެޓްރިކް ޓަނަކަށް ކިޔާ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެއެވެ.  މިގޮތުން ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެއެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ދަގަނޑުތައް ނީލަންކިޔުން އޮންނާނީ،  19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/5,000 (ދެހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި  ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.  

 

2. ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

        ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 50 މެޓްރިކްޓަންގެ ބާ ދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް 7779152 އަދި 7791285 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

             ނީލަން ކުރިއަށް ގެންދާނީ މިފްކޯއިން ކަނޑައަޅާ ތަނަކަށް ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ހާޒިރުވެގެންނެވެ. މިގޮތުން، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެއެވެ.  މިގޮތުން ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެއެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ދަގަނޑުތައް ނީލަންކިޔުން އޮންނާނީ، 19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/5،000 (ދެހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓެވި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންްމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށް ދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

3. ކަޅުތެޔޮ ނީލަމުގައި ވިއްކާލުން

        ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 57 ފީފާގެ ކަޅުތެޔޮ ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް 7786229 އަދި 7791285 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

          ނީލަން ކުރިއަށް ގެންދާނީ މިފްކޯއިން ކަނޑައަޅާ ތަނަކަށް ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ހާޒިރުވެގެންނެވެ. މިގޮތުން، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެއެވެ.  މިގޮތުން ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެއެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ކަޅުތެޔޮ ނީލަންކިޔުން އޮންނާނީ،  19 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/1،000 (އެންހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓެވި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންްމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށް ދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

13 ސެޕްޓެމްބަރ 2022

ނީލަން ހުށަހަޅާ އެޑްރެސް :  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                       389 ނަންބަރު ކޮށި / މާފަންނު

                        ހިލާލީ މަގު / މާލެ

 

 

13 ސެޕްޓެންބަރު 2022
ހޯދާ