ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓުގެ ނަންބަރު H13C-A/2022/6(08 ސެޕްޓެންބަރު 2022) ގެ އިޢުލާނަށް އިޖާބަދީ އެއިޢުލާނުގައިވާ މަސައްކަތް ކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މިއިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަސައްކަތު މަޢުލޫމާތު ޝީޓުގައިވާ ނަމުނާއާ އެއްގޮތަށް މިކޯޓުހުރި ޝަރީޢަތް ކުރާ 2 ކޮޓަރީގެ ބެކްޕެނަލްގައި އާޔަތްފިލާ އަމިއްލަތަކެތީގައި ހަދާ، ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2022 ސެޕްޓެމްބަރ 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ބަލައިނުގަނެވޭއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހިވިޔަފާރިތަކަށެވެ.
މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މިކޯޓަށް ދުރުވެ ނުވަތަ ނަންބަރު 6640332 ފޯނާއި ގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.