ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
ނަމްބަރު: (IUL)325-MS/325/2022/43
އިޢުލާން
ސްކޭޓް ޕާރކް އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ވަކިކުރުން
ފްޓްސެލް ދަނޑުގެ އިރުމަތިން ސްކޭޓްޕާރކް އެޅުމަށް ލޭންޑްޔުސްޕްލޭންގައި ކަނޑައެޅިފައިވާ ބިމުގައާއި ، ސްކޭޓްޕާރކްގެ ވަށައިގެންވާ މަގުތަކަށްއަރާ އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ބަދަލު ހަމަޖެއްސުމުގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި އެފަދަ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމަށްބޭނުންވެއެވެ.
ވީމާ ، ތިރީގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތުން އެރުއްގަހުގެ ތަފްޞީލް 19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މިކައުންސިލަށް އަންގަވާ ދެއްވުން އެދެމެވެ. މިރުއްތައް ފާހަގަކުރުމުގެގޮތުން ނަމްބަރ 1 ކުން ފެށިގެން 18 އަށް ހުދު ދަވާދުން ނަމްބަރެއް ޖަހާފައިވާނެއެވެ.
- މާއޮޅު ގޭގެ އުތުރުން ފުޓްސަލް ދަނޑުގެ އިރުން ގުލްފާމްގެއާދެމެދު އޮތް ސަރަޙައްދު
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ސެޕްޓެމްބަރ 2021