ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރ: IUL-303AS/303/2022/47
އުނގޫފާރު ކައުންސިލްގެ ލޯގޯ ފަރުމާކުރުން
އިޢުލާން
އުނގޫފާރު ކައުންސިލްގެ ލޯގޯ ފަރުމާކުރުން
މިކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 10000:00 (ދިހަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް
- ފަރުމާ ކުރެވޭ ލޯގޯ އަކީ ރ.އުނގޫފާރު ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން އުނގޫފާރަށް ޙާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.
- ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
- ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ (#2871CC / R40,G113,B204) ކުލައެވެ. މީގެއިތުރުން 1 ކުލަ ބޭނުންކުރެވިދާނެއެވެ.
- ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ އަދި ޔުނީފޯމް ފަދަ ތަކެތީގައި ބޭނުންކުރެވޭ ގޮތަކަށެވެ.
- ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
- ލޯގޯގެ PSD، PNG އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
- ލޯގޯ ފަރުމާކޮށްފައިވާ RAW ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު
- ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
- ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
މާކްސް ދެވޭގޮތުގެ ތަފްސީލް:
- ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
- ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
- އުނގޫފާރު ރަމްޒުކޮށްދޭ މިންވަރު.
- ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
މާރކްސް ދެވޭނެ މިންގަނޑު
މާރކްސް ދެވޭ ބައިތަކާއި މިންގަނޑުތައް |
ކަނޑައެޅިފައިވާ ޕަސެންޓޭޖް |
ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު |
30 |
އުފެންދުންތެރިކަމާއި މަސައްކަތްތެރިކަން |
30 |
އަމިއްލަވަންތަކަން |
20 |
އުނގޫފާރު ރަމްޒުކޮށްދީފައިވާ މިންވަރު |
20 |
އިތުރު މައުލޫމާތު
މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ އަދި އިޢުތިރާޒެއް ނެތްކަން ބަޔާންކޮށްފައިވާ ސިޓީއާއި އެހެނިހެން ލިޔުންތައް 2022 ސެޕްޓެންބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ މިއިދާރާގެ ungoofaaru@gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރުމައުލޫމާތު ސާފްކުރެއްވުމަށް ކައުންސިލްގެ ނައިބް ރައީސް ޔޫސަޢު ނަޝީމްގެ ނަމްބަރ:7848488 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
24 ސަފަރު 1444
20 ސެޕްޓެންބަރ 2022