ދިވެހިރާއްޖެ
ނަންބަރ: H13C-A/2022/11
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓުގެ އެކޮމެޑޭޝަން ބްލޮކަށް ވަދެވޭގޮތަށް ހުރި ދޮރުގެ ދޮރާއި ދޮރުފަތް އަތްވާއި ވާރެއިން ސަލާމާތްވާނޭހެން މަތީގައި ލައިސާޓް ޓިނާއި ރެޑްމެރެންޓީލަކުޑިއާއި ދަގަނޑު ހޮޅި ބޭނުންކޮށްގެން ފުރާޅެއް ހެދުމާއި އެދޮރުކައިރީގައި ސިމެންތިން ތަޅުމެއް އެޅުމުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ނަންބަރު H13C-A/2022/5 އިޢުލާނާއި ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2022 އޮކްޓޫބަރު 02 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ބަލއިނުގަނެވޭއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހިވިޔަފާރިތަކަށެވެ.
މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މިކޯޓަށް ދުރުވެ ނުވަތަ ނަންބަރު 6640332 ފޯނާއި ގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.