ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 

                  މި ކުންފުނީގެ ފެން ޕްލާންޓްގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-          ޕެޓް ޕްރީފޯމް (330ml)        - ލޭބަލް (1000ml)

-          ޕެޓް ޕްރީފޯމް (500ml)        - ލޭބަލް (1500ml)

-          ޕެޓް ޕްރީފޯމް (1000ml)       - ލޭބަލް (5000ml)

-          ޕެޓް ޕްރީފޯމް (15000ml)      - ފެންފުޅި މަތިގަނޑު (ކުޑަ)

-          ލޭބަލް (330ml)            - ހޭންޑްލްސް 

-          ލޭބަލް (500ml)            - ކޭސް ޕެކިން ރޯލްސް

                     މި ތަކެތީގެ ނީލަން ފެށޭ އަގަކީ 3,000.00ރ (ތިންހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00ރ (ސަތޭކަ ރުފިޔާ) އެވެ.

                     ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މި ތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހު،             2022 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.

                     މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމުގައި ދެންނެވީމެވެ.

                     މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 3338212  ,7905889 އަށް ގުޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2022
ހޯދާ