ދިވެހިރާއްޖެ
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރުން ހިންގަމުންދާ އެކި ކޯސްތަކުން ރަށު ކައުންސިލްތަކަށް ދެވޭ ޚާއްޞަ ސްކޮލަރޝިޕް ޕްރޮގްރާމްގައި މި ކައުންސިލް ހިމެނި، އެސެންޓަރުގައި މިވަގުތު ކުރިއަށްދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރެއިން ޖެނުއަރީ 2023 ގައި ފެށުމަށް ހަމަޖެހިފައިވާ ލެވެލް 3 ގެ އިލެކްޓްރިޝަން ކޯހުގައި ބައިވެރިވުމުގެ 1 ފުރުޞަތު ވަނީ މި ކައުންސިލަށް ލިބިފައެވެ.
އިލެކްޓްރިކް ވަޔަރިންގ މަސައްކަތްތައް ކުރާނެ ހުނަރުވެރިން ރަށުގައި ތިބުމަކީ އަދި ރައްޔިތުންނާއި ގާތުން ޚިދްމަތް ލިބުމަކީ ހަމަ ވަރަށް ބޭނުންތެރި ކަމެކެވެ. މިފަދަ ހުނަރުވެރި މަސައްކަތްތެރިން ރަށުގައި ބިނާ ކުރުމަކީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ.
ސްކޮލަރ ޝިޕްގެ ދަށުން ދަރިވަރުގެ ކޯސްފީ އާއި ކޯހުގެ މުއްދަތުގައި ޓިވެކްގައި ދިރިއުޅުން ( އެކަމަޑޭޝަން ) އަދި ދަރިވަރުގެ ކެއުމުގެ ޚަރަދު ޓިވެކްގެ ފަރާތުން ހަމަޖައްސާދޭނެއެވެ. ކޯހުގެ މުއްދަތަކީ 15 ހަފުތާއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން މިދަންނަވާ ލިޔުންތަކާ އެކު ހުށަހެޅުއްވުން އެދެމެވެ.
ކޯސް އެޕްލިކޭޝަން ފޯރމް (ޓިވެކް)
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ( ދެފުށް )
ސްކޫލް ލީވިންގ ސެޓްފިކެޓް ތަޢްލީމީގޮތުން ޙާޞިލްކޮށްފައިވާ އެންމެ މަތީ ސަނަދުގެ ކޮޕީއެއް
ޕާސްޕޯރޓް ސައިޒް ފޮޓޯއެއް ( 3 މަސްނުވާ )
ޞިއްޚީ މަޢްލޫމާތު ފޯރމް (ޓިވެކުން ފޮނުވާ ފޯރމް ފުރިހަމަ ކޮށްފައި)
ބެލެނިވެރިޔާގެ އިޢްތިރާޟެއް ނެތްކަމުގެ ލިޔުން ( 18 އަހަރު ފުރިފައިނުވާ ފަރާތެއް ނަމަ )
ދާއިރާއާ ގުޅޭގޮތުން ހޯދާފައިވާ ސަނަދުތައް
ކޯސް އެޕްލިކޭޝަން ފޯރމް، ދަރިވަރުންގެ ޞިއްޚީ މަޢްލޫމާތު ފޯރމް އަދި ޓިވެކްގެ ލީފްލެޓް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.