ދިވެހިރާއްޖެ
އިޢުލާން
ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރު މަރާމާތުކޮށް ބަދަލުގެނެސް ކައުންޓަރު ފުރަގަހުގައި ޕާޓިޝަން ޖެހުމުގެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިކޯޓުގެ އީ-މެއިލް k.maafushi@judiciary.gov.mv އަށް، ނުވަތަ ކޯޓުގެ ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިކޯޓުގެ ނަންބަރު 6640353 އަށް ގުޅުއްވުން އެދެމެވެ. އަދި ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 02 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
29 ޞަފަރު 1444