ދިވެހިރާއްޖެ
(IUL)438-WMPC/438/2022/410:ނަންބަރު
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް މެނޭޖަރ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ ޕްރޮޖެކްޓް މެނޭޖަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-WMPC/438/2022/292 އިޢުލާނާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތައް ބާތިލް ކުރުމަށްފަހު މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރގެ މަސްއޫލިއްޔަތުގެ ތެރޭގައި މަޝްރޫޢުގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާއި އެއްގޮތްވާގޮތުގެމަތިން ކުރިޔަށްދާ ކަން ކަށަވަރު ކުރުމާއި، ޕްރޮޖެކްޓް ޓީމާއި، ޕްރޮޖެކްޓާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިނގުމާއި، އެކިއެކި މައްސަލަތައް ހައްލުކޮށް ޕްރޮޖެކްޓް ޑިރެކްޓަރގެ އިރުޝާދާއި އެއްގޮތައް މަސައްކަތް ކުރިޔައްގެންދިޔުން ހިމެނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
1) ބިޒްނަސް މެނޭޖްމެނެޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަސައްކަތާއި ގުޅޭދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން
2) ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން ނުވަތަ މެނޭޖިރިއަލް މަޤާމެއްގައި މަސައްކަތުގައި މަދުވެގެން 07 (ހަތް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
މީގެ އިތުރުން ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ:
1) ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގެ (2) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
2) އައި.ޑީ.އޭ ފަންޑެޑް ޕްރޮޖެކްޓްތަކުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
3) ދިވެހިރާއްޖޭގައި ކުންޏާއި ވަސީލަތް މެނޭޖް ކުރަމުންދާ ގޮތުގެ މަޢުލޫމާތު ލިބިފައިވާ ފަރާތަކައްވުމާއި އެކު ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގުމުގެ އިތުރުން އެލަނޑުދަޑިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ޤާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
4) ޕްރޮޖެކްޓް މެނޭޖްމެންޓް، ފައިނޭންޝަލް މެނޭޖްމެންޓް، ޕްރޮކިޔުމަންޓް މެނޭޖްމެންޓްގެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުމުގެ އިތުރުން، މަސައްކަތާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ، ދިވެހި ރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އސްކަންދެވޭނެއެވެ.
ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަޝްރޫޢުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ޕްރޮޖެކެޓް ޓީމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުންނަންޖެހޭނެއެވެ.
ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ.
މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
މަޤާމުގެ ނަން |
ބޭނުންވާ ޢަދަދު |
މުއްދަތު |
މަހު މުސާރަ |
ޕްރޮޖެކްޓް މެނޭޖަރ |
1 |
15-17 މަސް |
30،000 އާއި 35،000 (ދިވެހިރުފިޔާ) ދެމެދުގެ މުސާރައެއް |
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އީމެއިލްގެ ސަބްޖެކްޓްގެ ގޮތުގައި :“Expression of Interest - ProjectManager - MCEP” ޖެއްސެވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،
އެން.ސީ.އައި.ޓީ ބިލްޑިންގ، ކަލާފާނު ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: mcep.procurement@environment.gov.mv
ފޯނު ނަންބަރު: 3018451