މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-367904

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:

-/5610ރ

ސަރވިސް އެލަވަންސް:

-/2000ރ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް -/700ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

އަތޮޅުކައުންސިލްގެ އާއްމު ބައްދަލުވުމާއި ކުއްލި ބައްދަލުވުންތަކުގެ އެޖެންޑާ ކޮންމެ އާއްމު ބައްދަލުވުމެއް ބޭއްވުމުގެ 2 ދުވަސްކުރިން އެކަމަށް ހަމަޖައްސާފައިވާ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ކައުންސިލަރުންނަށް މެއިލުން ފޮނުވުން.

އަތޮޅުކައުންސިލްގެ އާއްމު ބައްދަލުވުމާއި ކުއްލި ބައްދަލުވުން ބޭއްވުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް އެކަމަށް ހަމަޖައްސާފައިވާ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ހަމަޖެއްސުމާއި، ބައްދަލުވުމުގެޙާޟިރީ އާއި، ފާސްކުރަންބޭނުންވާ ޔައުމިއްޔާއާއި، އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި ގުޅިގެން ޔުނިޓްތަކުން ލިބިފައިހުރި ޑޮކިއުމެންޓްތައް ބައްދަލުވުމަށް ގެންދިއުން.

ކޮންމެ ބައްދަލުވުމެއްގައިވެސް އެޖެންޑާގެ ކޮޕީ އާއި، އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި ގުޅިގެން ޔުނިޓްތަކުން ލިބިފައިހުރި ޑޮކިއުމެންޓްތަކުގެ ކޮޕީ ހަދާ ކޮންމެ ކައުންސިލަރަކަށް ހާއްސަކުރެވިފައިވާ ފައިލަށްލާ ބައްދަލުވުމަށް ގެންދިއުން.

އަތޮޅުކައުންސިލްގެ އާއްމު ބައްދަލުވުމާއި ކުއްލި ބައްދަލުވުންތަކުގެ ޔައުމިއްޔާ ކޮންމެ ބައްދަލުވުމެއް ނިމުމަށް ފަހު ލަސްވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެކަމަށް ހަމަޖައްސާފައިވާ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ލިޔެނިންމާ ކައުންސިލަރުންނަށް މެއިލުން ފޮނުވުން.

ކައުންސިލްގެ ކޮންމެ އާއްމު ބައްދަލުވުމަކާއި ކުއްލި ބައްދަލުވުމެއް ނިމުމަށްފަހު ލަސްވެގެން ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެދުވަހަކު އެޖެންޑާކުރެވިފާ ކަންތައް ކައުންސިލުން ނިންމެވިގޮތަށް ލިޔެނިންމާ ބައްދަލުވުމުގެ ނިންމުންތައް މެމޯއާއިއެކު ހުރިހާ ޔުނިޓްތަކަށް ފޮނުވުން.

ކައުންސިލްގެ ކޮންމެ އާއްމު ބައްދަލުވުމަކާއި ކުއްލި ބައްދަލުވުމެއްގައި އެކިފަރާތްތަކާއި ޔުނިޓްތަކުން ހުށަހަޅައިގެން އެޖެންޑާ ކުރެވިފައިހުންނަ ކަންކަން ނިންމާފައިވާގޮތެއް އެޔުނިޓަކަށް މެމޯއިން ފޮނުވުން ނުވަތަ އެފަރާތަކަށް ޖަވާބުފޮނުވުން.

އިދާރީ އުސޫލުގައިވާ ކޮންމެދުވަހަކު ބާއްވަންޖެހޭ ބްރީފިންގ މީޓިން ބޭއްވުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ބައްދަލުވުމުގެ ޙާޟިރީ ބައްދަލުވުމަށް ގެންދިއުމާއި، މަޝްވަރާކުރެވޭ ކަންތައްތައް ނޯޓްކޮށްބެލެހެއްޓުން.

ކައުންސިލުން ނެރޭ ޤަރާރުތަކާއި، ފާސްކުރާ ޤަވާޢިދުތަކާއި، އުޞޫލުތައް އަދި ނިންމާ ނިންމުންތައް އެކަމަށްހަމަޖެހިފައިވާ އުސޫލުން ވެބްސައިޓްގައި ޝާޢިއުކުރުމާއި، އިދާރާގެ ނޯޓިސް ބޯޑުގައި އާއްމުކުރުމުގެގޮތުން ބެހެއްޓުމާއި، ޔުނިޓްތަކަށް ހާޑް ކޮޕީފޮނުވުން.

ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި، އެކުލަވާލާ ގަވާއިދުތަކާއި، އުޞޫލުތައް އަދި ނިންމާ ނިންމުންތަކާއި އެކިކަންކަމާއިގުޅިގެން ހެދޭ ބަޔާންތަކުގެ ޑްރާފުޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ކައުންސިލުން ފާސްކުރުމަށް އެހެންޔުނިޓްތަކުން ހުށަހަޅާ މިފަދަތަކެތީގެ ސޮފްޓް ކޮޕީ ބިއުރޯގެ އެންމެހާ ލިޔެކިޔުންތައް ބަލަހައްޓާ އުޞޫލުން ބެލެހެއްޓުމާއި ހާޑް ކޮޕީ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.

 އަތޮޅު ކައުންސިލްގެ ރައީސްއާއި ، ނައިބުރައީސް އާއި  ބައްދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެއްސުން.

އަތޮޅު ކައުންސިލްގެ ހަމަހުގެ ރިޕޯރޓް (އަހަރުގެ ފުރަތަމަ ހަމަހުގެ ރިޕޯޓް) ލާމަރުކަޒީ ގާނޫނުގައި ބަޔާންވެގެންވާ ތާރީޚުގެ ކުރިން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވުން.

ކައުންސިލްގެ ހަރާކާތު ރިޕޯޓް (އަހަރު ނިމުމުން) ލާމަރުކަޒީ ގާނޫނުގައި ބަޔާންވެގެންވާ ތާރީޚުގެ ކުރިން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވުން.

ބިއުރޯ އާއި ގުޅުންހުރި ކަންކަމާއި ގުޅިގެން އަތޮޅު ކައުންސިލުން އަތޮޅުތެރެއަށާއި މާލެއަށްކުރާ ދަތުރު ތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުން.

ބިޔުރޯ އިން ލިޔަންޖެހޭ ސިޓީ ،މެސެޖްފަދަ އިދާރީ ލިޔެކިޔުންތައް ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، ސްކޭންކޮށް ސާވަރގައި ޔުނިޓުން އެކަމަށް ޙާއްސަކުރެވިފައިވާ ފޯލްޑަރތަކަށްލުމާއި ފައިލްކުރުން.

އަތޮޅު ކައުންސިލަރުނަށް ބޭނުންވާ އިދާރީ އެހީތެރިކަން ދިނުން.

ބިޔުރޯގެ މަސައްކަތާއި ގުޅުންހުރި އެކިއެކި ވޯކްޝޮޕް، ސެމިނަރ، އަދިއެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށްޓަކާއި ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އިންތިޒާމުތައް ކުރުމާއި އެކަމާބެހޭ ކަންކަންހިންގުން. އަދި އެހެން ޔުނިޓްތަކުން ކުރާ މިފަދަކަންކަމުގައި ޙަވާލުކުރެވޭ ކަންކަންކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: މަޤާމުގެ ތަޢުލީމީ ރޮނގުތައް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

(https://www.csc.gov.mv/PostStructure/Index/36)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ·         އެޑްމިނިސްޓްރޭޝަން.
  • ·         މެނޭޖްމަންޓް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

 

 

ނޯޓް: - މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ނ.އަތޮޅުކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް info@noonu.gov.mv އީ-މެއިލް  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 20 އޮކްޓޯބަރ 2022 އާއި 26 އޮކްޓޯބަރ 2022 އާ ދެމެދު ނ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.  އަދި މި މުއްދައްތުގެ ތެރޭގައި އިމްތިހާން އަދި އިންޓަރވިއު ނުބޭއްވޭނަމަ، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ އަދި އިމްތިޙާން ދޭންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6568502 އަށެވެ. އީ-މެއިލް ކުރާނީ info@noonu.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޮކްޓޫބަރު 2022
ހޯދާ