ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ނީލަން ކިޔުމާއިބެހޭ

މިރަށު މަސްޖިދުލްޢަމަލް މިސްކިތާއި މަސްޖިދުއް ޞަލާޙްމިސްކިތާއި ކައުންސިލްގެ އިދާރާއިން ނަގާފައިހުރި ތަކެތީގެ ނީލަންކިޔުން 12 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ދެކުނުފަރާތު ގޯތިތެރޭގައާއި މަސްޖިދުއް ޞަލާޙްމިސްކިތު ގޯތިތެރޭގައި އޮންނާނެއެވެ. ވީމާ، ވާހާގިނަ ފަރާތްތަކަކުން މިނީލަމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ ތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން ވަގުތުންފައިސާ ދައްކަވަންޖެހޭނެއެވެ. އަދި، ނީލަމުންނަންގަވާ ތަކެތީގެ ފައިސާ ކައުންސިލްއިދާރާއަށް ދެއްކެވުމަށް ފަހު ނީލަމުންނެންގެވި ތަކެތި 03 ދުވަހުގެތެރޭ ތަނުންނެރެ ބިންސާފު ކުރައްވަންވާނެއެވެ. އަދި، މިމުއްދަތުގެ ތެރޭގައި ނުގެންދަވާހުރި ތަކެތި ނައްތާ ލެވޭނެއެވެ. މިސްކިތްތަކުން ނަގާފައިވާތަކެއްޗާއި އެހެނިހެން ތަކެތި ތިރީގައި މިދަންނަވަނީއެވެ.

1 ޕްލާސްޓިކު ދޮރު ފަތް ( މަސްޖިދުލް ޢަމްލް މިސްކިތު ފާޙާނައިންނެގި )

1 ލަކުޑި ދޮރުފަތް (ކައުންސިލް އިދާރާގެ ފާޙާނައިންނެގި)

1 ޓީވީ ފޮށިގަޑުލީ (އޮފީހުގައި ބޭނުންކޮއްފަ)

1 އެއާރކޯން18000 ބީޓީޔޫގެ

1 ފަތިޓީވީ (އޮފީހުގައި ބޭނުންކޮއްފަ)

2 ޑީވީޑީ ޕްލެއަރ (ހަލާކުވެފައި)

1 ގަޑި ފާރުގަބަހައްޓާ (ކުޑަމިސްކިތުންހަލާކުވެގެން ނަގާފައިވާ)

1 ގޮނޑި އެގްޒެކެޓިވް(ހަލާކުވެފައީ)

1 ކޫލަރ (މަތިގަނޑު ނެއްޓިފައި)

6 މަގުލައިޓް (ހަލާކުވެފައި)

1 ލޯޑު (ހަލާކުވެފައި)

13 ފަންކާ (ހަލާކުވެފައި)

1 ދިޔަދޮވި ބުރި (މަސްޖިދުއް ޞަލާޙްމިސްކިތުން ނަގާފައިވާ)

1 ކަޅުހަން 5000 ލީޓަރގެ (މަސްޖިދުއް ޞަލާޙްމިސްކިތުން ފަޅާއިގެ ގޮސްގެން ނަގާފައިވާ)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ                          

09 ރަބީޢުލްއައްވަލް 1444         

             05   އޮކްޓޫބަރ   2022  

05 އޮކްޓޫބަރު 2022
ހޯދާ