ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ. މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓް                                

       މަޑަވެލި                                          

      ދިވެހިރާއްޖެ.

                                           ނަންބަރު : Q1C-A/2022/7

   

މިކޯޓަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

        މިކޯޓުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު މިކޯޓުގެ ނަންބަރ  Q1C-A/2022/6(19 ސެޕްޓެމްބަރ 2022) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ މިއިއުލާން ބާޠިލް ކޮށް އަލުން މިމަސައްކަތްކުރުމަށް މިވަނީ ފުރުޞަތު ހުޅުވާލެވިފެއެވެ.  ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 09 އޮކްޓޯބަރ 2022 އިން ފެށިގެން 16 އޮކްޓޯބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
  2. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 އޮކްޓޯބަރ 2022 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 26 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 10:00 ގައި މިކޯޓުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް

ފޯނު: 6840138

އީ-މެއިލް:  gdh.madeveli@judiciary.gov.mv

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.  

06 އޮކްޓޫބަރު 2022
ހޯދާ