ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ވެހިކަލެއް ސިޓީ ލާ ނީލަމުގައި ވިއްކުން

މި އިޢުލާންވަނީ 10 އޮކްޓޫބަރު 2022 11:34 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު 

މި އޮފީހުގެ ވެހިކަލެއް ސިޓީ ލާ ނީލަމުގައި ވިއްކުން           

މި އޮފީހުގެ ރަޖިސްޓަރީ ނަންބަރު B1AG1620 ވޭން ސިޓީލާ ނީލަމުގައި ވިއްކާލުމަށް 06 ސެޕްޓެންބަރު 2022  ގައި ކުރި ނަންބަރު (IUL)1-CSO(FM)/1/2022/60 އިޢުލާން ބާޠިލުކޮށް ވޭން ނީލަން ކިއުމަށް އަލުން އިޢުލާން ކުރަމެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ވޭން ގަތުމަށް ބޭނުންވާ އަގު ހުށަހެޅުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ނީލަމަށް ކަނޑައަޅައިފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި "ވޭން ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ.

ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު
2:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ވޭން ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް  ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް ފައިސާ ނުދައްކާ ފަރާތްތަކަށް މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް  ބައިވެރި ނުވެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރ 01/2022

ރަޖިސްޓަރީ ނަންބަރު: B1AG1620 ވޭން (ރަތް ކުލަ)

ރަޖިސްޓަރީ ކުރި ތާރީޚް: 06 އޮގަސްޓު 2000

މޮޑެލް ނަންބަރ: TOYOTA-CR41R-RRMRS

ހަކަތައިގެ ބާވަތް: ޑީސަލް

އުފުލޭ މީހުންގެ އަދަދު: 5

ނީލަން ފެށޭއަގު: 59,500.00 (ފަންސާސް ނުވަހާސް ފައްސަތޭކަ) ރުފިޔާ

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1000.00 (އެއް ހާސް) ރުފިޔާ

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވޭން ބަލައިލުމުގެ އިންތިޒާމް 2022 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް އަމީނީމަގުގައިހުންނަ މި އޮފީހުގެ ރިހިޖެހި ކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު ލާފޮށި 2022 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 14 ރަބީޢުލްޢައްވަލް 1444

10 އޮކްޓޫބަރު 2022
ހޯދާ