ދިވެހިރާއްޖެ
މިރަށު ރޯޝަނީމަގު އިރުން ހުރި ރައްޔިތުންގެ ރުއްގަސް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ހޯދުމަށްމިއިދާރާއިންކޮށްފައިވާ ނަންބަރު (IUL)382/382/2022/28 ( 01 ޖޫން 2022) އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބާޠިލްކުރުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މިބިޑް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 10 އޮކްޓޫބަރު 2022 ން ފެށިގެން 19 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
- ބިޑްހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ނުވަތަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާނަމަ، ބިޑްގައި ރަޖިސްޓްރީ ކުރެއްވި ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
- ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: burunicouncil@gmail.com
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.