ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ޤަވާއިދު ނަންބަރު 2022/R-99 (ޢާއިލާއާބެހޭ ޤަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ "ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މިއަދު (11 އޮކްޓޯބަރ 2022) ޢާއްމުކުރަމެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

11 އޮކްޓޫބަރު 2022
ހޯދާ