ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީ/ ހިތަދޫ ކެމްޕަހުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ލޮޓުތަކަށް ބަހާލައިގެން ނީލަންކިއުން 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކެމްޕަހުގެ ކޮމަންރޫމް(ބީ ބްލޮކް) ގައި އޮންނާނެއެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.
ނީލަން ކިޔުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް އެގޭނެ ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.
15 ރަބީޢުލްއައްވަލު 1444